Hulhudhaan. Powered by Blogger.

Thursday, November 5, 2015

ތިއަރީތަކުގެ އަލީގައި ކިޔަވައިދިނުމިގައި އަޅުގަނޑު ގެންގުޅޭނެ ފަލްސަފާ

އުނގެނުމާއި އުނގަންނައި ދިނުމާއި ގުޅޭގޮތުން ސައިކޮލޮޖިސްޓުންވަނީ ތަފާތު އެތައް ދިރާސާތަކެއް ކޮށް އެކަމާގުޅެ ތަފާތު އެތައް ތިއަރީތަކެއް  އަޅުގަނޑުމެންނާއި ހަމައަށް ގެނެސްދީފައެވެ.
މި ތިއަރީތައް ހެދިފައިވަނީ ހަރުދަނާ މުދައްރިސުންތަކެއްބިނާކުރުމަށާއި ޢިލްމީ ދަރިންތަކެއް ބައްޓަން ކުރުމުގެ ގޮތުންނެވެ. ނަމަވެސް  އެ ހުރިހާ ތިއަރީތަކަކީ ބައެއް ހާލަތުގައި އޭގެ ބޭނުން ހިފުން ރަނގަޅު ތިއަރީތަކެއް ނަމަވެސް މިއިން ކޮންމެ
ތިއަރީތަކަކީވެސް 
ރަނގަޅު ކަންކަމާއި ނުރަނގަޅު ކަންކަން ހިމެނޭ ތިއަރީތަކެވެ.


އެގޮތުން އުނގެނުމާއި އުނގަންނައިދިނުމުގެ ތިއަރީތަކަށް ކުރުގޮތަކަށް އަލިއަޅުވާލާނަމެވެ
. 
ކޮގްނިޓިވް ލާރނިންގ ތިއަރީ
ކޮގްނަޓިވް ލާރިނިން ތިއަރީގައި ބުނާގޮތުން އުނގެނުން ބިނާވަނީ ކުރިން އެނގިފައިވާ އެއްޗެއްގެ މައްޗަށް އަލަށް ދެނެގަނެވޭ އެއްޗެއް ގުޅުވައިލެވިގެންނެވެ. މިގުޅުވާލުން، ވިސްނުމާއި ސުލޫކަށްވެސް ބަދަލުތައް ގެންނަކަމަށްވެއެވެ. ހަމައެފަދައިން، ދަރިވަރުން ދަސްކުރާ ތަކެތި ތިން ސްޓޭޖަކަށް ބަހާލެވެއެވެ. އެއީ، ސެންސަރީ ރަޖިސްޓަރ، ވާރކިން މެމޮރީ އަދި ލޯންގް ޓާމް މެމޮރީއެވެ. ގިނަ އެކްޓިވަޓީތައް ދީގެން ކިޔަވއި ދިނުމަށް މި ތިއަރީ ބާރުއަޅައެވެ. މިއީ މި ތިއަރީގެ ނިކަމެތި ޕޮއިންޓެއްކަމަށް ފާހަގަވެއެވެ. ސަބަބަކީ މިކަމުގެ ސަބަބުން ކުދިން ހަލަބޮލިވެގެންްދާނެއެވެ. މި ތިއަރީގެ އެއް ފައިދާއަކީ ދަރިވަރުންގެ ކިބައިގައި މުދައްރިސުންގެ ސަބަބުން ރަނގަޅު ބިންގަލެއް އަޅައިދިނުމެވެއެހެންނަމަވެސް މިއީ ހަމައެކަނި މުދައްރިސަށް ބިނާވާ ދަސްކުރުމަކަށް ވުމުގެ ސަބަބުން، ދަރިވަރުންނަށް ދަސްވާނީ މުދައްރިސްގެ ކިބައިގައި ހުރި ހުނަރަކާއި ކުޅަދާނަކަމެކެވެ.
 އެހެންކަމުން، މި ތިއަރީގެ އަލީގައި  ކިޔަވައިދޭއިރު އަޅުގަނޑު ބަލާނީ  މުދައްރިސަށް ބަރޯސާނުވެ އެކިގޮތްގޮތުން ކުދިންނަށް ދަސްކުރުމުގެ މަގުތަނަވަސްކޮށް ދިނުމަށެވެހަމަމިއާއެކު މި ތިއަރީގައިވާގޮތުން އެކްޓިވިޓީތައް ދީގެން ކިޔަވައި ދޭނަމަ އެ ފިލާވަޅެއް ކުދިންގެ ހަދާނުގައި ހަރުލާލެއް ފަސޭހަވާނެއެވެ. އެހެންކަމުން ކިޔަވައިދޭއިރުގައި ކުދިން ހަލަބޮލިނުވާނެ ގޮތަކަށް ކުދިންނާ އެކަށިގެންވާ ގޮތަކަށް އެކްޓިވިޓީތައް ދީގެން ފިލާވަޅު ކުރިއަށް ގެންދާނަމެވެ.
ބިހޭވިއަރ ލާނިންގ ތިއަރީ
މި ތިއަރީގައިބުނާގޮތުން އުނގެނުމަކީ ވަޒަންކުރެވޭ އަދި ބޭރުފުށުން އެކަން ހާމަވެގެންދާ ތިއަރީއެކެވެ. އެގޮތުން ކިޔެވުމަށް ބަދަލެއް އަންނާނީ އުޅުމަށް ބަދަލެއް އައިސްގެންގެންނެވެ. މި ތިއަރީގައި ވާގޮތުން އެއްކަމެއް އަބަދު ތަކުރާރުކުރުމުން، ދަސްކުރުމަށް ފަސޭހަވެގެންދެއެވެ. މީގެއިތުރުން، ދަރިވަރުންނަށް ޕޮޒިޓިވްކޮށްނާއި ނެގެޓިވްކޮށް ރިއިންފޯރސްމަންޓް ދިނުމުގެ ސަބަބުން، ދަރިވަރުންގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ލިބޭ ހިތްވަރަކަށް ވެގެންދެއެވެ. މި ތިއަރީގެ ވަރުގަދަ ޕޮއިންޓްތަކަށް ބަލައިލާއިރު، މީހުންގެ ފަރާތުން ފެންނަ ކަންތައްތައް ވަރަށް އަވަހަށް ދަސްކޮށްލާކަމަށް ފާހަގަކުރެވިފައިވެއެވެ.ހަމަމިމޭރުމުން، ޓެސްޓްތައް ދިނުމުން ކުދިންނަށް އެނގޭމިންވަރު ވަޒަންކުރެވޭކަމަށްވެސް ބެލެވިފައިވެއެވެ.
އެހެންކަމުން، މި ތިއަރީގެ ބޭނުން އަޅުގަނޑު ކުރާއިރު، ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށް ކުލާސް ރޫމް ޓެސްޓާއި ހޯމްވޯކާއި އެސައިންމަންޓް ހަވާލުކުރާނަމަވެ. އަދި ހޯދާ ނަތީޖާ ތަކަށް ޕޮޒިޓިވް ކޮށްނާއި ނެގެޓިވްކޮށް ރިއިންފޯރސްމަންޓްދޭނަމެވެ. އެއީ އެކި ގޮތްގޮތުން ދަރިވަރުންގެ ކުރިއަރުވާ، ވަޒަންކުރުމަށްޓަކައެވެ.
ކޮންސްޓްރަކްޓިވިޒަމް ތިއަރީ
މި ތިއަރީގައި ބުނާގޮތުން ދަރިވަރުން މައުލޫމާތު އުނގެނެނީ ކުރިން އެނގިފައިވާ އެއްޗަކާ ގުޅުވާލައި އެއްކޮށްލައިގެންނެވެ. ހަމައެހެންމެ މި ތިއަރީގައި ބޮޑަށް ބާރުއަޅަނީ ކިޔެވުމުގައި ކަންކަން ތަޖްރިބާކޮށް ދަސްކުރުމަށެވެ. ހަމަމިއާއެކު، އުނގެނުމަކީ ދަރިވަރު އުޅޭ މާހައުލުންނާއި ވިސްނުމުގެ މަރުހަލާތަކާ ގުޅޭގޮތުން ކުރިއަރާ ބިނާވަމުންދާ އެއްޗެއްކަމަށް ވެސްވެއެވެ. ޕިއާޖޭ ޤަބޫލުކުރަނީ ކުއްޖާ ބޮޑުވަމުން އަންނަވަރަކަށް އެކުއްޖާގެ ވިސްނުންވެސް ތަފާތުވަމުން އަންނަކަމަށެވެހަމަމިއާއެކު، ވައިގޮޓްސްކީ ދެކެނީ ކުއްޖާގެ ވިސްނުން ތަރައްޤީވަމުން އަންނަނީ ކުއްޖާ އުޅޭ ޘަޤާފީ އިޖްތިމާއީ މާހައުލުގެ އަސަރުންކަމަށެވެ.
އެހެންކަމުން  މި ތިއަރީގެ އަލީގައި ކިޔަވައިދޭއިރު ބަލާނީ ފުރަތަމަވެސް މައްސަލަތައް ހައްލުކުރާނެ ގޮތް ބުނެދީގެންނެވެ. ހަމައެހެންމެ އެކުދިން ލައްވާ ކަންކަން ތަޖުރިބާ ކުރުވައިގެން ކިޔަވައި ދިނުމަށް އަހައްމިއްޔަތުކަން ދޭނަމެވެ.
ސޯޝިއަލް ކޮގްނިޓިވް ތިއަރީ
މިއީ ދިރިއުޅޭ ވެށިން ފެންނަ ފެނުންތަކާއި ކުރެވޭ ތަޖުރިބާތަކުގެ ތެރެއިން އުނގެނުމުގެ ނަޒަރިއްޔާތެވެ. ނުވަތަ އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން ދަސްވާ ކަންތައްތަކަށް ބަލައިގެން ދަރިވަރުން އުނގެނޭކަމަށް ބުރަވާ ތިއަރީއެވެ. މި ތިއަރީގައި ބޮޑަށް ބާރުއަޅަނީ ސުލޫކީ މައްސަލަތަކަށް ފިޔަވަޅު އެޅުމުގެ މައްޗަށެވެ. މި ގޮތަށް ފިޔަވަޅު އެޅުމުން (ކުލާހުގައި ނުވަތަ ސުކޫލުގައި) އެ މަންޒަރު ފެނުމުން އެކަމާމެދުގައި ކުދިންވިސްނައި އެ އަމަލު ނުކުރުމަށް ކުއްޖާއަށް ހިތްވަރު ލިބިގެންދާނެއެވެ. މިގޮތަށް ކުދިން ކުރާ ކުށްތަކަށް ވަގުތުން ފިޔަވަޅު އެޅުމުން ފަހުން ކުދިން އެ ކުށް ތަކުރާރު ނުކުރުމަށް ބާރު އެޅިގެންދާނެއެވެ. އަދި ތިއަރީގައި ބަންދޫރާ ހާމަކުރާގޮތުގައި ކުދިން އެކުދިންގެ ވަށައިގެންވާ މާހައުލުން ފެންނަ ކަންކަން ކޮޕީ ކުރާނެއެވެ. މިސާލަކަށް ކުއްޖަކު ރާއްޖޭގެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކު ހެއަރ ސްޓައިލާ އެއްގޮތަށް ބޯ ހަދަން ބޭނުން ވެދާނެއެވެ.
އެހެންކަމުން މިތިއަރީ އަޅުގަނޑު ބޭނުންކުރާނީ ކުދިންނަށް ނަމޫނާ ދައްކައިގެން ކިޔަވައިދެވޭތޯއެވެ. އަދި ކިޔެވުމަށް ހިއްވަރު ދިނުމުގެ ގޮތުން ކުދިން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އިނާމު ދީގެން ކިޔަވައި ދިނުމަށް އަޅުގަނޑު ސަމާލުކަންދެނަމެވެ.


މޯޓިވޭޝަން ތިއަރީ
ބިހޭވިއަރިސްޓުންގެ ނަޒަރިއްޔާގައި މީހުންގެ ކިބައިން ފެންނަ ޝައުޤުވެރިކަން ގުޅުވާލެވިފައިވަނީ ތަރުހީބު ދިނުމާއެވެ.  ކިޔަވާ ކުދިންނާއި މުދައްރިސުންނާ ދެމެދު ގާތް ގުޅުމެއް އުފެދި ކުދިންގެ  ސުލޫކު ބައްޓަން ކުރުމުގައިވަރަށް މުހިއްމު ދައުރެއް މިތިއަރީ އަދާކުރެއެވެ.  އެގޮތުން މުދައްރިސަކު ދަރިވަރުންގެ ޝައުގުވެރިކަން ހޯދުމަށްޓަކައި ދަރިވަރުން ކުރާ މަސައްކަތްތަކަށް ތަރުހީބުދީ އިނާމު ދީ ހެދުން މުހިއްމު ކަމުގައި މިތިއަރީގައި ބުނެދެއެވެ. މިކަމުގެ ސަބަބުން އެ މުދައްރިސަކާމެދު ދަރިވަރުން ގަޔާވެ އެ މުދައްރިސަކު ކިޔަވައިދޭ މާއްދާގައި ރަނގަޅު ނަތީޖާ ހޯދަން ކޮންމެ ދަރިވަރަކުވެސް މަސައްކަތް ކުރާނެކަމީ ޝައްކެއްވެސް އޮތްކަމެއްނުނެވެ.
އެހެންކަމުން، މި ތިއަރީގެ ބޭނުންކުރާއިރު ދަރިވަރުން ޝައުޤުވެރިކުރުމަށްޓަކައި، ކުދިންކުރާ ރަނގަޅުކަންކަމަށް ވީހާވެސް ބޮޑަކަށް ތަރުހީބުދީ، ރަނގަޅު ނަމޫނާތަކެއް ދައްކައިދިނުމަށް އިސްކަމެއްދޭނަމެވެ.

0 comments

Post a Comment